15 މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ
ގުފްތަގް އަޖީރު
30 ޖެނުއަރީ 2025 - 21:17:50
ރ. އުނގޫފާރުން ޝ. މިލަންދޫއަށް ދަތުރުކުރި ލޯންޗެއް ޝ. މާކަނޑޫދޫ ކައިރިން އަޑިއަށް ގޮސްގެން އެ ލޯންޗުގައި ތިބި 15 މީހުން ސަލާމަތްކޮށްފިއެވެ.
މިއަދު މެންދުރުފަހު 2:30 ގައި ހިނގި މި ހާދިސާގައި ލޯންޗުގައި ދަތުރުކުރި 6 އަންހެނުންނާއި 4 ފިރިހެނުންގެ އިތުރުން 5 ކުޑަކުދިން ހިމެނެއެވެ. ލޯންޗު އަޑިއަށް ދިއުމާ ގުޅިގެން މި މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.
ލޯންޗުގައި ދަތުރުކުރި އެންމެން ވަނީ ޝ. މިލަންދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.
- ލޯންޗުގައި ޖުމުލަ 15 މީހުން ދަތުރުކުރި
- ދަތުރުކުރި މީހުންގެ ތެރޭގައި 5 ކުޑަކުދިން ހިމެނޭ
- ހާދިސާ ހިނގީ މެންދުރުފަހު 2:30 ގައި
- އެންމެންނަށް ވަނީ ސިއްހީ ފަރުވާ ދީފައި
- މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް