ކަނޑުމަތިން ގެއްލުނު މީހާ ހޯދަން 74 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި
ގުފްތަގް އަޖީރު
30 ޖެނުއަރީ 2025 - 22:00:14
އިފުރު މޯލްޑިވްސް ރިސޯޓުގައި މަސައްކަތްކުރާ 26 އަހަރުގެ އިންޑިއާ މުވައްޒަފަކު މޫދަށް ގެއްލިގެން ކަނޑުމަގުން 74.18 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ މި މީހާ ގެއްލުނު ކަމުގެ މައުލޫމާތު ލިބުނީ ޖަނަވަރީ 27 ވަނަ ދުވަހުގެ 16:41 ގައި ކަމަށެވެ. އަދި މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑް ފަސްޓް ސްކޮޑްރަނުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގައި ކޯސްޓްގާޑްގެ ހާބަރ ކްރާފްޓާއި ސީ އެމްބިއުލާންސްގެ އިތުރުން ފުލުހުންގެ އެހީތެރިކަންވެސް ހޯދާފައިވެއެވެ.
އޭނާ ހޯދުމަށް ކުރެވޭ މަސައްކަތުގައި ކަނޑުމަތީގެ ސަރަހައްދުގެ އިތުރުން ވައިގެ މަގުން 213 ސްކެއާ ނޯޓިކަލް މޭލުގެ ސަރަހައްދެއްވެސް ބަލާފައިވެއެވެ. އަދި ރިސޯޓު މުވައްޒަފުންނާއި ކޯސްޓްގާޑްގެ ޑައިވަރުން ޑައިވްކޮށްގެން 160،718 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާއިރު، ކޯސްޓްގާޑްގެ ޑައިވަރުން ސްނޯކަލްކޮށްގެން 46،814 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވެއެވެ.
- އިފުރު މޯލްޑިވްސްގެ 26 އަހަރުގެ އިންޑިއާ މުވައްޒަފެއް މޫދަށް ގެއްލުނު
- ކަނޑުމަގުން 74.18 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލި
- ވައިގެ މަގުން 213 ސްކޮއަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލި
- ޑައިވްކޮށްގެން 160،718 އަކަ މީޓަރު އަދި ސްނޯކަލްކޮށްގެން 46،814 އަކަ މީޓަރު ބަލާފައިވޭ
- ކޯސްޓްގާޑް، ފުލުހުން އަދި ރިސޯޓު މުވައްޒަފުން ހޯދުމުގެ މަސައްކަތުގައި
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް