ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހ. ރެނދަން، އުމުރުން 36 އަހަރުގެ ފަވާޒު ކަޅުތުއްތުއާ ތ. ތިމަރަފުށީ ލަކީހައުސް އުމުރުން 36 އަހަރުގެ ސޮފްވާން އަލީއެވެ.
މި ދެމީހުން ވެގެން ބިދޭސީ މީހާ އަތުން ފޭރިގަތީ އެމީހާ ގުލާބީ ގޮޅިން ދަނިކޮށެވެ. ފުލުހުން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
ފަހަކަށް އައިސް ބިދޭސީން އަތުން ފޭރުމާއި ތޫނު އެއްޗެހިން ހަމަލާދިނުމުގެ މައްސަލަ އަންނަނީ އިތުރުވަމުންނެވެ.
މިދިޔަ އަންގާރަދުވަހު ކ. ގާފަރުގައި ވަނީ ބިދޭސީއަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައެވެ. އަދި ހުުޅުމާލޭގައި ސްޕާއެއްގައި އަންހެނެއްގެ ގައިގައި ކަޓަރު އަޅާ ވަނީ ފޭރި ގަނެފައެވެ.