މި ބައްދަލުވުންތަކުގައި ބައިވެރިވުމަށް ރެޖިސްޓްރީކުރުމަށް ހުޅުވާލާފައިވާއިރު މާލޭގައި ދެ ބައްދަލުވުމެއް، ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައި ބައްދަލުވުންތައް ބޭއްވުމަށް ނެކްސިއާއިން ވަނީ ރާވާފައި އެވެ.
މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތް:
ނެކްސިއާއިން ވަނީ މި ބައްދަލުވުންތަކުގައި ބައިވެރިވުމަށް ރެޖިސްޓްރީކުރުމަށް އެ ފަރާތުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ލިންކެއް ފޯރުކޮށްދީފައި އެވެ.
ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލުކުރި ދިވެހި ކޮންސަލްޓަންސީ ފާމް ނެކްސިއާ މޯލްޑިވްސް ޓީމުން ބުނިގޮތުގައި 2025 އިން 2045 އަށް އަމަލު ކުރަން ރާވާ 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނަކީ ރާއްޖޭގެ ވީހާ ވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުން ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއިން ނެކްސިއާ މޯލްޑިވްސްއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ފުރަތަމަ ދެލިކޮޕީ އަންނަ ޖަނަވަރީ މަހުގެ ނިޔަލަށް އެކުލަވާލުމަށް ހަމަޖެހިފައިވެ އެވެ.
ނެކްސިއާއިން ބުނީ މި ބައްދަލުވުންތައް ކުރިއަށް ގެންދަނީ މަސައްކަތު ބައްދަލުވުންތަކެއްގެ ގޮތުގައި ގުރޫޕް ހަރަކާތްތައް ހިމެނޭ ގޮތަށް ކަމަށެވެ. އެގޮތުން ގުރޫޕްތަކަކަށް ބަހާލައިގެން ބައިވެރިން ކުރާ މަސައްކަތްތަކުން މައުލޫމާތު އެއްކުރެވޭނެ ކަމަށް ބުންޏެވެ.
ކުރިއަށް އޮތް 20 އަހަރަށް ހަދާ ގައުމީ ތަރައްގީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045: އެންމެނަށް ފާގަތިކަން"، އެކުލަވާލަން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މާލެ ސަރަހައްދުގައި ބާއްވާ "ކުރިމަގު ސައްލާ" ބައްދަލުވުންތަކުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ނެކްސިއާ މޯލްޑިވްސްއިން ހުޅުވާލާފައިވާއިރު، ގައުމުގެ މިސްރާބު އެއް އަމާޒަކަށް ގެންދިއުމަށް މިފަހުން "އެދޭ ރާއްޖޭ" ނަމުގައި ހަރަކާތެއް ފަށައި، އެ ހަރަކާތުން ވަނީ ގައުމީ ޑައިލޮގްއަކަށް ގޮވާލާފަ އެވެ.
ކުރާ ހޭދަ އާ އެއްވަރުގެ ތަރައްގީއެއް ނުލިބި ގައުމު ދަރުވާލާފައި ދަރަންޏަށް ޒިންމާވާން ނުޖެހޭ ރައީސުން ގައުމު ހަލާކުގެ މަގަށް ގެންދާ ގެންދިއުން ނިމުމަކަށް ގެންނަށް ޖެހެނެ އެވެ. އެ މަގަށް ރާއްޖެ ގެންދެވޭނީ ރާއްޖެ އޮންނާނެ ގޮތެއް ކަނޑައަޅައިގެންނެވެ. އެކަން ކުރަން ޖެހޭނީ އެކަކު ނުވަތަ އެއް ރައީސަކު ނުވަތަ އެއް ޕާޓީއަކުންނެތް ނޫނެވެ. އެކަން ކުރަން ޖެހޭނީ ހުރިހާ ފިކުރަކާއި އެންމެންގެ ބައިވެރިވުމާއެކު އިލުމީ ދިރާސާތަކާއި ތަޖުރިބާކާރުންގެ ތަޖުރިބާއަށް ވެސް ބަލައިގެންނެވެ.
އެކަން އެ މަގަށް ރާއްޖެ ގެންދިޔުމަށް މިދިޔަ މަހު ފެށި އެދޭ ރާއްޖެ ހަކަރާތުން ވަނީ ގައުމީ ތަރައްގީގެ ތަސައްވަރަކާއި ގައުމީ ތަރައްގީގެ ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލައިގެން ނޫން ގޮތަކަށް ރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދަން ގޮވާލާފަ އެވެ. ގައުމީ ތަސައްވަރަކާއި ދުރު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަށް "އެދޭ ރާއްޖެ" ހަރަކާތުން ހުށަހަޅާފައިވަނީ ތިރީގައިވާ ހުށަހެޅުމެވެ.
ގައުމީ ތަސައްވުރު
މައްސަލަ:
ދިވެހިރާއްޖޭގެ ތަރައްގީގެ މިސްރާބު، ކޮންމެ ފަސް އަހަރަކުން ސަރުކާރާއިއެކު ބަދަލުވަމުންދެއެވެ. ގައުމީ ތަރައްގީގެ ތަސައްވުރެއް ނެތި، ދިގުރާސްތާގެ ޕްލޭނެއްނެތި، ހަރަދު ބޮޑު ބިޔަ މަޝްރޫއުތައް ސިޔާސީ ބޭނުމަށް ސަރުކާރުތަކުން ތަންފީޒު ކުރެއެވެ. އަދި އަތޮޅުތަކުގައި ސިޔާސީ ބޭނުމަށް ބައެއް މަޝްރޫއުތައް ސަރުކާރުތަކުން ދަނީ ހިންގަމުންނެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ވަސީލަތްތައް އިސްރާފުވެ، ދައުލަތުން ކުރާ ހޭދައިން ގައުމަށް ލިބެންޖެހޭ ކުރިއެރުން ނުލިބެއެވެ.
އެދޭ ރާއްޖޭގެ ހުށަހެޅުން:
ނަތީޖާ:
މުޅި ދިވެހިރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލެވި، ކޮންމެ ފިކުރެއްގެ ސަރުކާރެއް އޮތް ކަމުގައިވިޔަސް، ތަރައްގީގެ ކަންކަން އެއްކީލިވެ، އެއް މިސްރާބަކަށް ދާން މަގުފަހިވާނެއެވެ. ހަމަ އެހެންމެ، ސިޔާސީ ބޭނުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހަނި ކުރެވިގެންދާނެއެވެ.
މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންގެ ހިޔާލާއި މަޝްވަރާއަށް އެދޭ ރާއްޖެ ޓީމުން ގޮވާލަ އެވެ.