ބީއެމްއެލުން ބުނީ ރޯދަމަހަށް ހާއްސަކޮށް "ރަން ފުރުސަތު" ގެ ނަމުގައި ފެށި މި ޕްރޮމޯޝަން ކުރިޔަށް ދަނީ މިއަދުން ފެށިގެން މިމަހުގެ ނިޔަލަށްކަމަށެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުގެ ކާޑުތައް ބޭނުންކޮށްގެން ރެޑްވޭވުން 300 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ މީހަކަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށެވެ. އަދި ކޮންމެ ހަފުތާއަކު ނަސީބުވެރިއަކަށް 5000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެ ކަމަށާއި އެ ވައުޗަރުތަކުން ރެޑްވޭވެގެ ފިހާރަތަކުން ވިޔަފާރިކުރެވޭނެކަމަށް ބޭންކުން ބުނެއެވެ.
މީގެއިތުރުން މާރިޗު އެއްވަނަ ދުވަހުން އިން ފެށިގެން އޭޕްރިލް ހަތްވަނަ ދުވަހުގެ ނިޔަލަށް ރެޑްވޭވް އިން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތުވެސް މި ޕްރޮމޯޝަންގައި ލިބޭނެކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.