މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ، ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ ފަސްވަނަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް ރަޖިސްޓްރީ ކުރަން ޖެހެއެވެ.
މި ބީލަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް އީމެއިލް މެދުވެރިކޮށް ގުޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ބިޑަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މައުލޫމާތު ފުރިހަމަނުވާ އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމަށެވެ.