އެ މިނިސްޓްރީން ބުނީ 1997 ވަނަ އަހަރުން ފެށިގެން ޖަނަވަރީ މަހެއްގައި ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް އެންމެ ގިނައިން މަސްކިރާފައި ވަނީ މިދިޔަ މަހުކަމަށެވެ. އެގޮތުން މިދިޔަ މަހު މިފްކޯއަށް 8324 ޓަނުގެ މަސްކިރާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ދޯނިތަކުން މަސްކުރުވާ އަދަދާއި ދޫކުރޫ ފައިސާގެ އަދަދު މިފްކޯއިން އަންނަނީ ކޮންމެ ދުވަހަކު އާއްމުކުރަމުންނެވެ. އެ ހިސާބުތައް ދައްކާގޮތުން މިދިޔަ ޖެނުއަރީ މަހު 100 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ މަސްވަނީ ދޯނިތަކުން މިފްކޯއަށް ކިރުވާފައެވެ.
ސަރުކާރުގެ ވައުދަކީ މަސްކިރުވާތށާ 48 ގަޑިއރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމެވެ. މިދިޔަ މަސްވެރިންގެ ދުވަހަށް ފަހު އެ ވައުދާއެއް ގޮތަށް މަސްވެެރިންނަށް ފައިސާ ދޫކުރަމުން އަންނަކަމަށް މިފްކޯއިން ބުނެއެވެ.