ފުލުހުން އއްމުކުރި ހިސާބުތައް ދައްކާގޮތުން އަހަރުގެ ފުރަތަމަ މަހު އެންމެ ގިނައިން ހުށައެޅުނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު ވައްކަމުގެ 210 މައްސަލަ ވަނީ ފުލުހުންނަށް ހުށައެޅިފައެެވެ.
ފުލުހުންގެ ހިސާބުތައް ދައްކާގޮތުން ވައްކަމަށްފަހު ދެން އެންމެ ގިނައިން މިދިޔަ މަހު ހުށައަޅާފައިވަނީ އެކްސިޑެންޓްގެ މައްސަލަތަކެވެ. މަގުމަތީ އެކްސިޑެންޓްތަކުގެ 171 މައްސަލަ ވަނީ ފުލުހުންނަށް ހުށައަޅާފައެވެ. ތިންވަނަ އަށްް މިދިޔަ މަހު އެންމެ ގިނައި ރިޕޯޓްކުރީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. މަސްތުވާތަކެތީގެ 106 މައްސަލައެއް މިިދޔަ މަހު ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.
މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދުތައް
ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން ބައެއް މީހުންނަށް ތޫނު އެއްޗެތި ބިރުދައްކާ މަގުމަތިން ފައިސާ ފޭރުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފައެވެ.