ads
ގދ. ކަނޑެވާރެހާ. މިރަށް ވަށައިގެން ގިނަ އަދަދެއްގެ ފަޅުރަށް އޮވޭ
ފަޅުރަށަކަށް ގެންގޮސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް
އުތުރުގެ އަތޮޅެއްގައި ހިމެނޭ ފަޅުރަށަކަށް ކުޑަކުދިންތަކެއް ގެންގޮސް އެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބެލުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މަސައްކަތް ފަށައިފިއެވެ.
Advertisement

ޖެންޑާ މިނިސްޓްރީގެ އިސް އޮފިޝަލެއް މިއަދު ބުނީ މި މައްސަލައިގެ މަޢުލޫމާތު ލިބުމާއެކު، އެ މައްސަލައިގައި ހިމެނޭ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ، އިތުރު މަޢުލޫމާތު މިވަގުތު ހާމަކުރެވެން ނެތްކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް މައްސަލައިގައި ހިމެނޭ ހުރިހާ ކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް އެ މިނިސްޓްރީން އިތުރަށް ބުންޏެވެ.

ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކުގައި، ކުދިންގެ މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި ގިނަ މަޢުލޫމާތުތަކެއް އާންމުކޮށް ހާމަނުކުރާކަން ފާހަގަކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް