ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފައިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ފައިސާގެ ވެރިފަރާތަށް އަނބުރާ ދީފައިވާ ކަމަށެވެ. ފައިސާއަށް ދަޢުވާކޮށް ކުރިއަށް ނެރެފައިވަނީ "ރިލެކްސް ފެރީ ސަރވިސް" އިންނެވެ. އެ ކުންފުނިން ބުނެފައިވަނީ މިއީ ލޯންޗެއް ބަނުމަށް ފަޒުލްގެ ކުންފުންޏަށް ދީފައިވާ ފައިސާކަމަށެވެ.
އެޗްޑީސީން ގަވާއިދާ ހިލާފަށް ހުޅުމާލެއިން ގޯތި ދޫކޮށްފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށްދަނިކޮށް ފެނުނު މި ފައިސާ، އެ މައްސަލައާ ގުޅުންހުރިތޯ ބަލަމުންދާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި ފަޒުލްގެ އާއިލާގެ މެންބަރުންވެސް ހިމެނެއެވެ.