ޖެނުއަރީ މަހުގެ 23 ވަނަ ދުވަހާ ހަމައަށް، މިއަހަރު ކެޕިޓަލް ހަރަދު ނުވަތަ ދައުލަތުގެ ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ އެންމެ 3.4 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކުރި 191.9 މިލިއަން ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.
ހަމަ މިއާއެކު، ސަރުކާރުގެ ރިކަރަންޓް ހަރަދުވެސް ވަނީ ދަށްވެފައެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް ރިކަރަންޓް ހަރަދުގެ ގޮތުގައި 843 މިލިއަން ރުފިޔާ ހަރަދުކުރެވިފައިވާއިރު، މިދިޔަ އަހަރު މި މުއްދަތުގައި 1.1 ބިލިއަން ރުފިޔާ ހަރަދުކުރެވުނެވެ.
މިއަހަރުގެ މިހާތަނަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1337.9 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި 1058.4 މިލިއަން ރުފިޔާ ހިމެނެއެވެ.