ads
ވޭޕް ބޭނުންކޮށްގެން މިދިޔަ މަހު 11 މީހަކު ޖޫރިމަނާކުރި
ވޭޕް ބޭނުންކޮށްގެން މިދިޔަ މަހު 11 މީހަކު ޖޫރިމަނާކޮށްފައިވާކަމަށްް ފުލުހުންގެ ހިސާބުތަކުން ދައްކައިފިއެވެ.
Advertisement

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، ވޭޕް ބޭނުންކުރާ މީހުން 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕް ވިއްކާ ފަރާތްތައް 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން ވިއްކާ ކޮންމެ ވޭޕަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. 

ފުލުހުން ބުނީ މިދިޔަ ޖެނުއަރީ މަހު ވޭޕް ބޭނުންކޮށްގެން 11 މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ. މީ ޑިސެމްބަރު މަހު ޖޫރިމަނާކުރި އަދަދަށްވުރެ މަދު އަދަދެކެވެ. ޑިސެމްބަރުމަހު ވޭޕް ބޭނުންކޮށްގެން 17 މީހަކު ޖޫރިމަނާކުރިއެވެ.

ފުލުހުން ބުނީ ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފޯނު މެސެޖަކުން ޖޫރިމަނާގެ މައުލޫމާތު އަންގާނެކަމަށެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނައި ބަދަލާއި އެކު އަމިއްލަ މީސްމީހުންގެ ގޭގައި ހިންގާ ސަރުކާރުގެ އޮފީސް އިމާރާތްތަކުގައިިވެސް ދުންފަތުގެ އިސްތިއުމާލްކުރުން މަނާވާނެއެވެ. މީގެ އިތުރުން ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރަށްވެސް ވަނީ ބަދަލުކޮށްފައެވެ. އެ އުމުރު މިހާތަނަށް އޮތީ 18 އަހަރުން މައްޗަށެވެ. 

ދުންފަތުގެ އިސްތިއުމާލު މަދުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ މާސްޓާ ޕްލޭންގެ ދަށުން، ސިނގިރެޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކޮށް، އަދި ދުންފަތުގެ އިސްތިއުމާލު ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް 1676 ނަންބަރުގެ ހޮޓްލައިނެއް ވަނީ ތައާރަފުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް