ads
ފުލުހުން ކްރިމިނަލްކޯޓް ކައިރީ
ކެފޭއަކުން ކައިފައި ބިލު ނުދެއްކި ޒުވާނަކު 10 ދުވަހަށް ބަންދަށް
ކެފޭއަކުން ކެއުމަށްފަހު ބިލު ނުދެއްކި މީހަކު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
Advertisement

މި މައްސަލާގައި ބަންދުކޮށްފައިވަނީ އުމުރުން 23 އއަހަރުގެ ޒުވާނެކެވެ. އޭނާގެ މައްޗަށް ތުހުމަތުކުރަނީ ހުއްދަ ނޫން ހިދުމަތެއް ހޯދުމުގެ ތުހުމަތެވެ.

މިނާ ބަންދުގެ މުއްދަތު ޖަހަން ގެންދިޔަ މަޖިލީހުގައި ވާހަކަ ދައްކަމުން އެ ޒުވާނާ ބުނީ ކެފޭއިން ކައި ނިންމުމަށްފަހު ބިލަސް ފައިސާ ދައްކަން އޭނާގެ ބޭބެއަށް ގުޅިކަމަށެވެ. އެހެންނަމަވެސް ބޭބެގެ ފޯނު ނިއްވާލާފައި އޮތުންމުން އެ ފައިސާ ފޮނުވިކަމަށް އޭނާ ވަނީ ކޯޓްގައި ބުނެފައެވެ. އެހެންނަމަވެސް އޭނާ އެ ކެފޭއަށް ފައިސާ ފޮނުވާފައި ނުވާކަމަށް ފުލުހުން ބުނެއެވެ. އަދި މި ޒުވާނާއަކީ ކުށުގެ ރެކޯޑް އޮތް ޒުވާނެއްކަމަށާއި އޭނާ ތަކުރާރުކޮށް އެފަދަ ކަންކަން ކުރަމުން އަންނަކަމަށްއާއިލާގެ ފަރާތުން ހިއްސާކޮށްފައިވާކަމަށް ފުލުހުން ވަނީ ކޯޓްގައި ބުނެފައެވެ.  

މީނާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާދީފައެވެ. ކޯޓުގެ އަމުރުގައިވަނީ  އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ފުލުހުން ހެއްކާއި ގަރީނާ ހުށަހަޅާފައިވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް