ads
ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ތައާރަފްކުރި ހެލްޕްލައިން، ސްޕޯޓްސް މިނިސްޓަރު ރާފިއު މިދިޔަ އަހަރު ލޯންޗުކޮށްދެއްވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
މިދިޔަ އަހަރުގެ ނިޔަލަށް ނަފްސާނީ އެހީތެރިކަން 2461 މީހުންނަށް ސަރުކާރުން ދީފި
ނޭޝަނަލް މެންޓަލް ހެލްޕްލައިން މެދުވެރިކޮަށް މިދިޔަ 2024 ގެ ނިޔަލަށް ނަފްސާނީ އެހީތެރިކަން ބޭނުންވާ 2461 ފަރާތަކަށް ހިދުމަތް ދީފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަހަރުގެ ފުރަތަމަ ދައުރުގެ މަޖިލިސް ހުޅުވާދެއްވާ، ރިޔާސީ ބަޔާން އިއްވަމުންނެވެ.

ރައީސް ވިދާޅުވިގޮތުގަައި ނަފްސާނީ ދުޅަހެޔޮކަމުގެ  ދާއިރާއަކީ ވެސް މި ސަރުކާރުން ބޮޑު އިސްކަންދޭ ދާއިރާއެއް ކަމަށް ވިދާޅުވިއެވެ. އެގޮތުން 24 ގަޑިއިރުގެ ހިދުމަތްދޭ ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ ގޮތުގައި 1677 ގެ ހިދުމަތް މާޗް 2024ގައި ފެށިފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"2024ގެ ނިޔަލަށް 2461 ފަރާތަކަށް މި ހިދުމަތް ފޯރުކޮށްދެވިފައިވާކަން އަޅުގަނޑު ފާހަގަކުރަން" ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

އަދި އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި ލ. ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލަކާއި، ގދ. ގައްދޫ ހޮސްޕިޓަލާއި، ތ. ވިލުފުށި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މިއަހަރު ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް ކުރެވެމުންދާކަން ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ނަފުސާނީ އެހީތެރިކަމަށް ހާއްސަކޮށްގެން އެފަދަ ހެލްޕް ލައިނެއް ފުރަތަމަ އުފައްދާފައި ވަނީ ކޮވިޑުގެ ހާލަތާ ގުޅިގެން މޯލްޑިވްސް ރެޑް ކްރެސެންޓުންނެވެ.ނަމަވެސް 24 ގަޑިއިރަށް ހިދުމަތްދޭގޮތަށް ތައާރަފުކުރެވުނު މި ހެލްޕްލައިނަކީ ރާއްޖޭގައި ނަފުސާނީ ބަލިމަޑުކަމަށް ކޮންމެ ވަގުތަކު ވެސް އެހީދެވޭ ގޮތަށް ތައާރަފުކުރި ފުރަތަމަ ހެލްޕްލައިނެވެ.

އެ ހެލްޕްލައިނުން އަންނަނީ ހުރިހާ އުމުރަކަށް ވެސް ނަފުސާނީ ފުރަތަމަ އެހީ ދެމުންނެވެ. އިތުރު ފަރުވާ ބޭނުންވާ ނަމަ ހަދާފައިވާ އުސޫލުތަކުގެ ތެރެއިން ރެފަރަލް ވެސް ހަދައިދެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް