ads
ހައުސިން މިނިސްޓްރީގައި ރޯވި ދުވަހު އެތަނަށް ރައީސް މުއިއްޒު ވަޑައިގެން
އަލިފާން ނިންވަން ބޭނުންވާ ވަސީލަތްތައް މިއަހަރު އިތުރުކުރާނަން: ރައީސް
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމުގެ މުހިންމު މަސައްކަތްތަކެއް މިއަހަރު ކުރަން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

މި އަހަރަށް ރައްޔިތުން މަޖިލިސް ހުޅުއްވާ ދެއްވާ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ ކަނޑާ އެއްގަމާ ވައިގެ ގޮތުން ވެސް އަމިއްލަ ޤައުމު އަމިއްލައަށް ދިފާއުކުރެވޭނެވަރުގެ ޤާބިލުކަން އެމްއެންޑީއެފްގައި އުފައްދަން މި ސަރުކާރުން މަސައްކަތްކުރާނެކަމަށެވެ. 

އެގޮތުން އެމް.އެން.ޑީ.އެފްގެ ފަޔާ އެންޑް ރެސްކިއުގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުކުރަން އެބަ ޖެހޭކަން ފާހަގަކުރައްވާ ރައިސް މުއިއްޒު ވިދާޅުވީ ފަޔާ އެންޑް ރެސްކިއުއަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމުގެ މުހިންމު މަސައްކަތްތަކެއް މިއަހަރު ކުރަން ނިންމަވާފައިވާކަމަށެވެ. އެހެންނަމަވެސް އޭގެ ތަފްސީލުތަކަށް ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަޑައިގެންފައެއް ނުވެއެވެ. 

މީގެއިތުރުން  އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ދެގުނަކޮށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި ކޯސްޓްގާޑަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ރައީސް ވިދާޅުވިއެވެ. 

" ކޯސްޓްގާޑުގެ އިތުރު މަރުކަޒުތައް ޤާއިމް ކުރުމަށް ޓަކާ ކުރަންޖެހޭ މަސައްކަތްތައް ވެސް ހަލުވި ދުވެލީގައި ކުރެވެމުން އެބަދޭ." ރައީސް ވިދާޅުވިއެވެ.

ވައިގެމަގުން ރާއްޖެ ދިފާއުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބައްލަވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ޒަމާނީ އަސްކަރީ ޤާބިލުކަން އިތުރު ކުރުމަށްޓަކާ އެމް.އެން.ޑީ.އެފް އެއާ ކޯ 15 މާރިޗް 2024ގައި އުފައްދާފައިވާކަމަށެވެ. އެ ހިދުމަތާއި އެކު ރާއްޖެ ސަރަހަދަށް ގަވައިދާ ހިލާފަށް ވަދެ އުޅުނު އެތައް ބޯޓެއް ހިފަހައްޓާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. 

" އެއާއެކު، އަންމޭންޑް އޭރިއަލް ވެހިކަލްތަކުގެ {ޑްރޯންތަކުގެ} ހިދުމަތް ފެށުމުން، ޤާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރި ވަމުންދިޔަ ބޭރުގެ ގިނަ އުޅަނދުތަކެއް، އެ ވެހިކަލްތަކުގެ އެހީގައި، މިހާތަނަށް ވަނީ ހޯދިފަ." މި ސަރުކާރުން ގެނައި ޑްރޯންތަކަށް އިޝާރަތްކުރައްވާ ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި، ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް އެއާ ސްޓޭޝަން ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށަަފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

މީގެ އިތުރުން މިއަހަރުގެ ތެރޭގައި އެމް.އެން.ޑީ.އެފްގެ މެރީން ކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވޭނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ގިރިފުށީ ޓްރެއިނިން މަރުކަޒުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރެވޭނެކަމަށާއި މި ކުރިއެރުންތަކުގެ ތެރޭގައި އިންސާނީ ޤާބިލުކަމާއި ވަސީލަތުގެ މުއްސަނދިކަމާއި ނިޒާމީ ހަރުދަނާކަން ޒަމާނީ ފެންވަރުގައި ގެނެވޭނެކަމަށްވެސް ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް