ads
އާޒިމް ހައިކޯޓުގައި
އާޒިމްގެ ހިޔާނާތުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް
އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަން މައްސަލާގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ އިންވެސްޓިގޭޓިވް އޮފިސަރު އަބްދުﷲ އާޒިމަށް ދައުލަތުން ކުރި ދައުވާތަކާ ގުޅިގެން އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމައިފި އެވެ.
Advertisement

އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަން މައްސަލާގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ އިންވެސްޓިގޭޓިވް އޮފިސަރު އަބްދުﷲ އާޒިމަށް ދައުލަތުން ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވަނިކޮށް، އެ މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެ ނިންމުން އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ރަޖިސްޓްރާ ނިންމީ އެ މައްސަލަ ބަލައި ނުގަންނާށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަން މައްސަލާގައި އޭސީސީގެ ކުރީގެ އިންވެސްޓިގޭޓިވް އޮފިސަރު އާޒިމާ ދެކޮޅަށް އުފުލާފައިވާ ދައުވާތައް ކޯޓުން ބޭރުކޮށްލީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އެ މައްސަލަތައް ބޭރުކޮށްލީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު އެވެ. މި މައްސަލަ ކޯޓުން ބޭރުކޮށްލުމުން، ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ހުކުމް ކުރީ އެ މައްސަލަތައް އަލުން ބަލާށެވެ. އެއީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

އާޒިމްއާ ދެކޮޅަށް އުފުލާފައިވާ ދައުވާ ބޭރުކޮށްލިއިރު، މުއައްސަސާތަކެއް ގުޅިގެން މައްސަލަ ތަހުގީގުކުރަން 'ޖޮއިންޓް އިންވެސްޓިގޭޝަން'އެއް ހިންގީ ގާނޫނާ ހިލާފަށް ކަމަށްވަނީ ކަނޑައަޅާފަ އެވެ. ޖޮއިންޓް އިންވެސްޓިގޭޝަންގައި ހިމެނުނީ އޭސީސީ އާއި ފުލުހުންގެ އިތުރަށް މިދިޔަ ސަރުކާރުން އެކުލަވާލި އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަން އެވެ.

އާޒިމްގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާކޮށްފައިވެ އެވެ. އެއީ ދެ ފަހަރު މަތިން އޭނާގެ އެކައުންޓަށް ފައިސާ ޖަމާކޮށް ފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމުގެ ތުހުމަތުގައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް