ads
ފުލުހުން
ރޭ މާލޭގައިވެސް މާރާމާރީ، ހައްޔަރުކުރީ ކުޑަކުއްޖެއް
ރޭ މާލޭގައި ހިންގި މާރާމާރީއެއްގައި ކުޑަކުއްޖަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ފުލުހުން ބުނީ ރޭ މާލޭ ވައިލެޓްމަގު  ދޮންހުރާ ގޮޅީގައި ބަޔަކު މާރާމާރީ ހިންގަން މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި މިކަމުގެ ރިޕޯޓްް 20:17 ކަންހާއިރު ފުލުހުންނަށް ލިބުނުކަމަށް ެއެ އިދާރާއިން ބުނެއެވެ. 

މި މި މާރާމާރީއާ ގުޅިގެން ދެ މިހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް މި މާރާމާރީއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ދީފައެެއްނުވެެއެވެ. 

ރޭ ހުޅުމާލޭގައިވެސް ވަނީ މީހަކަށް ކޯރާޑިއަކުން ހަމަލާދީ ވަނީ ޒަހަމްކޮށްލާފައެވެ. އެމީހަށް ހަމަލާދިން މީހުން ފިލަން ދަނިކޮށް އާއްމުގެ ބަޔަކާއި ފުލުހުން ވެގެން އެމީހުންވަނީ ހައިވޭ މަތިން އަތުލައިގެންފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް