ads
މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ހަސަން ޝަކީލް
ޝަކީލް އަވަހާރަވުމަކީ، ލިބުނު ފޫނުބެއްދޭނެ އުނިކަމެއް: ރައީސް
މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ހަސަން ޝަކީލް އަވަހާރަވުމަކީ، އެ ދާއިރާއިން ގައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ޝަކީލް ވަނީ އެމްއެމްއާރްއައި ގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ. އެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަކީލް އަވަހާރަވިއިރު އުމުރަކީ 64 އަހަރެގައެވެ. 

ޝަކީލް އަވަހާރަވުމާއި ގުޅިގެން އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްވެރިކަމާއި،  ކަނޑުތަކާ ބެހޭ ދިރާސާތައް ކުރެއްވުމުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފައިވާ،  މުހައްމަދު ޝަކީލް އަވަހާރަވުމަކީ، އެ ދާއިރާއިން ޤައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއްކަމަށެވެ. އަދި ޝަކީލަކީ، މަސައްކަތް ކުރެއްވުމުގައި ހީވާގި، ހިތްވަރުފުޅު ގަދަ ބޭފުޅެއްކަމަށާއި އަވަހާރަވި އިރު، ހުންނެވީ މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަޤާމުގައި ޤައުމީ ހިދުމަތުގައިކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. 

ޝަކީލްގެ ވަކިވެދިޔުމާއި ގުޅިގެން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ތައުޒިޔާގެ މެސެޖުގައި ބުނީ ޝަކީލަކީ މެރިކަލްޗާ ރިސާޗް ކުރިއެރުވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ތަރިކައެއްކަމަށެވެ. އަދި އެ އިންސްޓިއުޓުން ޝަކީލް ސިފަކުރައްވާފައިވަނީ އެ ދާއިރާގެ މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އެ އިންސްޓިޓިއުޓްގެ ގިނަ މުވައްޒަފުންނަށް މެންޓާއެއްގެ އިތުރުން ބައްޕައެއްގެ ރޯލު އަދާކުރަމުން ދިޔަ ބޭފުޅެއްގެ ގޮތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް