
އުރީދޫގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް-ހަމާދީ ވިދާޅުވި ގޮތުގައި މިއީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަ ކުރުމަށް ގެންނަ ބަދަލެކެވެ. މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފޯނު ނެތަސް ގުޅައިގެން ތިބުމާއި ފިޓްނަސް ޓްރެކްކުރެވޭނެ އެވެ.
ސެމްސަންގް ސްރީލަންކާ އެންޑް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ކޮންމެ ވަގުތެއްގައިވެސް ގުޅިފައި ތިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ބުނި އެވެ.
އުރީދޫއިން ބުނީ މި ހިދުމަތް އަންނަ މަހު ތެރޭގައި ފެށޭނެ ކަމަށެވެ.
މިހާރު ބޭނުންކުރާ މޯބައިލް ނަންބަރާއެކު ސްމާޓްވޮޗް އެކްޓިވޭޓް ކުރެވޭނެ ކަމަށާއި، ސަޕޯޓްކުރާ ޑިވައިސްތަކާއި އެކްޓިވޭޝަން މަރުހަލާތަކުގެ އިތުރު މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށެވެ.