ads
ފުލުހުން ކްރިމިނަލްކޯޓް ކައިރީ
މަސްތުވާތަކެތި ވިއްކާ ދެ މީހަކު އުމުރަށް ޖަލަށް
މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާގައި ކުރާ ދެ މީހަކު އުމުރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމްކޮށްފިއެވެ.
Advertisement

މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާގައި ކުރިކުށް ސާބިތުވެފައިވަނީ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތާއި ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45 ހަސަން ރަޝީދުގެ މައްޗަށެވެ. 

މި މީހުންގެ މައްޗަށް ދައުވާކުރީ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާއެވެ.

މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ގެއެއްގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމަތަކާއި ގުޅިގެންކަމަަށް ފުލުހުން ބުނެފައިވެއެވެ. އަދި އެތަން ބަލާ ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. 

މި މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައިވަނީ މި ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށެވެ. އެ ގޮތުން އެ ދެމީހުން އުމުރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ކޮންމެ މީހަކު 100،000 ރުފިޔާގެ ޖޫރިމަނާއެއް ކޮށް އެފައިސާ 12 މަސް ދުވަހުގެ ތެރޭގައި ދައްކަން ކޯޓުން ވަނީ ހުކުމްކޮށްފައެވެ. 

މި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށް ވަނީ ދައުވާ އުފުލާފައެވެ. ކޯޓުން ނިންމީ އެމީހާގެ މައްޗަށް ކުށްސާބިތު ނުވާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް