ads
އިލެކްޝަނަށް ކޮމިޝަނަށް ގެ ރައީސްކަމަށް ޒާހިދު ނައިބަކަށް ސަލާހް އައްޔަންކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައި
ޒާހިދާއި ސަލާހް ރަޝީދުގެ ނަން ކޮމިޓީއަށް ދިރާސާކުރަން ފޮނުވައިފި
ލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުހައްމަދު ޒާހިދު އަދި ނައިބު ރައީސްކަމަށް އަބްދުއްރަހްމާން ސަލާހް ރަޝީދު އައްޔަންކުރުމަށް ހުށަހަޅާފައިވާ މައްސަލަ މިއަދު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވައިފިއެވެ.
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ދެ މެންބަރުންގެ ނަން މަޖިލީހަށް ފޮނުއްވާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. މިއީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، ކޮމިޝަންގެ ރައީސްއާއި ނައިބު ރައީސް އައްޔަންކުރުމުގެ އާ އުސޫލުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި ދެ މަގާމަށް މީހުން އައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. މީގެ ކުރިން މި މަގާމުތަކަށް މީހުން ހޮވަމުން އައީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ޒާހިދާއި ސަލާހް ރަޝީދު ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ މިނިވަން މުއައްސަސާއެކެވެ. މި މުއައްސަސާގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިންތިހާބުތައް ބޭއްވުމާއި، ސިޔާސީ ޕާޓީތަކާ ގުޅޭ ކަންކަން ބެލެހެއްޓުން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް