ads
ރައީސް މުއިއްޒުގެ ނަމުގައި ކްރިޕްޓޯ ކަރަންސީ ސްކޭމެއް ހިންގަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައި އެކްސްގައި ވަގު އެކައުންޓެއް ހަދައިގެން ކްރިޕްޓޯ ކަރަންސީ ސްކޭމެއް ހިންގާތީ ސާމާލުވުމަށް އެދެފިއެވެ.
Advertisement

މި އެކައުންޓްގައި ބޭނުންކޮށްފައިވަނީ ރައީސް މުއިއްޒުގެ ރަސްމީ އެކްސް އެކައުންޓްގައި ބޭނުންކުރާ ނަމާއި ފޮޓޯއެވެ. އަދި ދައުލަތުގެ ވެރިންނަށް ދޭ ގްރޭ ވެރިފިކޭޝަން ބެޖުވެސް މި ވަހު އެކައުންޓުން ފެންނަން އިދެއެވެ. އެހެންނަމަވެސް މި ވަގު އެކައުންޓް ބޭނުންކުރަމުން އަންނަނީ އެހެން ޔޫސާ ނޭމެއްގައެވެ. 

ކްރިޕްޓޯ ކަރެންސީ ބްލޮކްޗެއިން ސޮލާނާގައި ލޯންޗުކޮށްފައިވާ މި ކަރަންސީއަށް ދީފައިވާނަމަކީ 'ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ކޮއިން' ނުވަތަ MDVS# އެވެ. އަދި މި އެކައުންޓުން އަންނަނީ ރާއްޖޭގެ ނަމުގައި ކްރިޕްޓޯ ކަރަންސީއެއް ލޯންޗުކޮށްފައިވާކަމަސް ބުނެ ރައީސްގެ ނަމުގައި މެސެޖުކުރަމުންނެވެ. 

ރައީސްގެ ރަސްމީ އެކައުންޓުން މިފަދަ ޕޯސްޓެއް  ނުކުރާކަމަށާއި މީ ސްކޭމެއްކަމަށް ބުނެ ކްރިޕްޓޯ ކަރަންސީ ވިޔަފާރީގައި ޝާމިލުވާ އެކި އެކައުންޓުތަކުން ދަނީ ޕޯސްޓުކުރަމުންނެވެ. އަދި މި ކަރަންސީއަށް އިންވެސްޓު ނުކުރުމަށް މި ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް