
ރެހެންދި ޓާފް ދަނޑު ކައިރީ މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެެއްގައި އައި ދެމީހަކު ކޯރާޑިއަކުން ހަމަލާދިނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ ފިޔޯރީ ހީނާމާގޭ އުމުރުން 25 އަހަރުގެ ރުސްތުމް އިބްރާހިމް އާއި ބ. ގޮއިދޫ އުމުރުން 19 އަހަރުގެ ސައިފުﷲ ފައިސަލްކަމަށެވެ. މި ދެމީހުން ހައްޔަރުކުރީ ހަމަލާ ދިނުމަށްފަހު ފިލައިގެން މާލެއަށް ދަނިކޮށް ހައިވޭ މަތިން އާއްމުންނާއި ފުލުހުންނާއ ނުކުމެއެވެ.
ފުލުހުން ބުނީ މި ދެމީހުން ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ރުސްތުމް އިބްރާހިމް 3 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން މުއްދަތު ޖަހާދީފައިވާކަމަށެވެ. އަދި ދެން މި މައްސަލާގައި ހިމެނޭ 19 އަހަރުގެ ސައިފުﷲ ފައިސަލް މި މައްސަލައިގެ ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށެވެ.