ads
ވެއްޓިފައި އޮތް މީހާގެ ގައިމަތިން ފަހަތުން އައި ސައިކަލް ދަނީ
ގައިމަތިން ސައިކަލު ދިޔަ އެކްސިޑެންޓް ތަހުގީގު ނިންމާ ޕީޖީއަށް ފޮނުވަނީ
ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ވެއްޓިފައި އޮތް މީހާގެ ގައިމަތިން ފަހަތުން އައި ސައިކަލް ދިޔަ މައްސަލައިގެ ތަހުގީގު ނިންމާ ދައުވާކުރުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. ގައިމަތިން ސައިކަލު ދިޔަ އެކްސިޑެންޓް ތަހުގީގު ނިންމަނީ
Advertisement

މިމަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 8:11 އެއް ހާއިރު  ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ޖާވިދު ޗައުދަރީއެވެ. 

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހަލިމަގުގެ ހުޅުމާލެއިން މާލެއަށް އަންނަ ފަޅީގައި ސީ ޕްލޭން ޖައްސާ ހިސާބުގިއ ކަމަށާއި އެ ސަރަހައްދުގައި ހިނގަމުން ދިޔަ ސޯލާ ޕެނަލް މަސައްކަތާ ގުޅިގެން މަގުގެ އަރިމަތީގައި ބަހައްޓާފައި ހުރި ކޯނުތަކެއްގައި ސައިކަލެއް ޖެހި ވެއްޓުނު ވަގުތު ފަހަތުން އައި އެހެން ސައިކަލަކުން ވެއްޓިފައިވާ މީހާގެ ގައިގަިއ ޖެހިފައިވާކަމަށެވެ.

ފަހަތުން އައި ސައިކަލްގައި އިނީ އުމުރުން 60 އަހަރުގެ އަންހެެނެއްކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުން ބުނީ އެ ހާދިސާގެ ސީސީޓީވީ ދިރާސާކުރުމުން ޖާވިދު ޗައުދަރީ ދުއްވަމުން ދިޔަ ސައިކަލު ކޯނުގައި ޖެހި ވެއްޓުނު ވަގުތު ފަހަތުން އައި ސައިކަލު އޭނާގެ ބޮލުގެ ދިމާލުގައި ޖެހޭ މަންޒަރު ފާހަގަވާކަމަށެވެ. އެހެންކަމަށްވުމާއެކު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެމީހާ ދުއްވި ސައކަލު ޓޯވްކޮށް ލައިސެންސް ހިފެހެއްޓިފައިވާކަމަށާއި ކޯޓު އަމުރެއްގެ ދަށުން މިހާރު ވާނީ ލައިސެންސް ހިފެހެއްޓިފައިވާ މުއްދަތު އިތުރުކޮށްފައިކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާގައި ނިޔާވި މީހާގެ ގައިގައި ޖެހުނު ސައިކަލު ދުއްވި މީހާ އެކްސިޑެންޓްވުމުން އެތަނުގައި މަޑުކޮށްފައިވާއިރު  އެސައިކަލު ދުއްވި ދުވެލި ދެނެގަތުމަށް ތަހުގީގުގެ ތެރެއިން މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް