ads
ޔާމީން އަދި ޕްރިންސް މުހައްމަދު ބައްދަލުކުރައްވަނީ
ސައުދީ ޕްރިންސް ރައީސް ޔާމީނަށް އަހަރަކު 20 މިލިއަން ޑޮލަރު ދިން: ގާސިމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވިއިރު ޔާމީންއަށް ކޮންމެ އަހަރަކު 20 މިލިއަން ޑޮލަރު ދެއްވި ކަމަށް ގާސިމް އިބްރާހިމްގެ ހަޔާތުނާމާގައި އޭނާ ވިދާޅުވެއްޖެއެވެ.
Advertisement

ގާސިމްގެ ހަޔާތްޕުޅުގެ މައްޗަށް 800 ވުރެ ގިނަ ސޮފްހާ ހިމެނޭ އޭނާގެ ބަޔޯގްރަފީ ނެރިފައިވަނީ ރެއެވެ. މި ފޮތުގައި ގާސިމްގެ އަމިޮއްލަ ދިރިއުޅުމާއި ވިޔަފާރި ސިޔާސީ ދާއިރާގައި ކުރެއްވި މަސައްކަތްތަކުގެ ވާހަކަތައް ވަނީ ހިމަނާފައެވެ. 

ރާއްޖޭގެ ސިޔާސީ ވެރިންގެ އިހްލާސްތެރިކަން ނެތްކަމަށް ބުނެ މި ފޮތުގައި ހިމަނާފައިވާ ޗެޕްޓާގައި ގާސިމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ރަހުމަތްތެރިއެއް ކަމަށް ސައުދީ ޕްރިންސް މުހައްމަދު ބިން ސަލްމާން އަލް ސައުދު ވިދާޅުވި ކަމަށެވެ. އަދި ވެރިކަމުގައި ހުންނެވިއިރު ޔާމީނަށް ބަޖެޓްގެ ބޭރުން ކޮންމެ އަހަރަކު 20 މިލިއަން ޑޮލަރުދިންކަމަށް މި ފޮތުގައިވެއެވެ. 

ރައީސްކަމަށް އިބްރާހީމް މުހައްމަދު ސާލިހް އިންތިހާބުވެވަޑައިގަތުމުންް ވަރަށް ކުރީކޮޅު ސައޫދީ ވަލީ އަހްދު ޕްރިންސް މުހައްމަދު ރާއްޖޭގެ އިންތިހާބީ ރައީސާއި ބައްދަލު ކޮށްލައްވަން ދަޢުވަތު ފޮނުއްވިކަމަށެވެ. އެދައުވަތުގެ ވާހަކަ އިބްރާހީމް މުހައްމަދު ސާލިހް ފުރަތަމަ ދެއްކެވީ ޤާސިމް ޖަރުމަނުގައި ހުންނަވަނިކޮށްކަމަށް އެ ފޮތުގައިވެއެވެ.

 އެދަތުރުފުޅުގައި ވަލީ އަހްދު މުޙައްމަދު ވަރަށް ފުރިހަމަ ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވިކަމަށާއި އެފަރިއްކޮޅުގެތެރޭގައި ވާހަކަފުޅު ދައްކަވަމުން މުޙައްމަދު ވިދާޅުވީ ޔާމީނަކީ ރައްޓެއްސެއްގެ ގޮތުގައި ބައްލަވާ ކަމާއ،ި އެކަމަކު ސައުދީގެ ގުޅުން 664 އޮންނަނީ ޤައުމާއި ކަމަށްވުމުނ،ް ވެރިކަމަށް އަންނަ ކޮންމެ މީހަކާވެސް ސަޢޫދީން ގާތްކަން ބާއްވާނެ ކަމަށް ވިދާޅުވިކަމަށް ގާސިމް އޭނާގެ ހަޔާތުގެ ނާމާފައިވެއެެވެ. އަދި އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ވަލީ އަހްދާއި ބޭއްވި ވަންޓް ވަން  ބައްދަލުވުމަކަށްފަހު ރައީސް ޔާމީނަށް ކޮންމެ އަހަރަކު 20 މިލިއަން ޑޮލަރު ދެއްވިކަމަށް ޕްރިންސް ވިދާޅުވިކަމަށް ރައއީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވިކަމަށް ގާސިމްގެ ފޮތުގައިވެއެވެ. 

" މުހައްމަދުއާއި ވަން ޓު ވަން ބައްދަލުވުން ބާއްވާއިރު ސައޫދީ ސަރުކާރުން ދެ ބިލިޔަން ޑޮލަރުގެ އެހީ ލިބޭތޯ ވަލީ އަހްދަށް ދަންނަވަން ފެނިވަޑައިގަންނަވާ ކަމަށް ސާލިހް އަރިހުގައި ޤާސިމް ދެންނެވި. ވަން ޓު ވަން ބައްދަލު ކުރެއްވުމަށްފަހު ޤާސިމް އަރިހުގައި ސާލިހް ވިދާޅުވ،ީ ރައީސް ޔާމީނަށް ކޮންމެ އަހަރަކު 20 މިލިޔަން ޑޮލަރ،ު ބަޖެޓްގެ ހަރަދުތަކުގެ ބޭރުނ،ް ރައީސް އޮފީހުގެ މަސައްކަތްޕުޅަށް ދެއްވާކަމަށް ވަލީ އަހްދު ވިދާޅުވި ކަމަށް." ގާސިމްގެ ހަޔާތުނާމާގައި ވެއެވެ.

ގާސިމް ފޮތުގައި ވަނީ އެއީ ބަޖެޓްތެރެއަށް ނުވައްދައި ދެއްވަމުން ގެންދެވި އެހީއެއްކަމަށާއި ރައީސް ސާލިހްގެ ސަރުކާރަށްވެސް އެ އެހީ ދެއްވާނެތޯ ޤާސިމް އެއްސެވުމުން ދެއްވާނެ ކަމަށް މުހައްމަދު ވިދާޅުވިކަމަށްވެސް ސާލިހް ވިދާޅުވިކަމަށްވެސް ގާސިމްގެ ފޮތުގައިވެއެވެ. 

އެ ބައްދަލުވުމަށްފަހު އަބޫދާބީއަށް ވަޑައިގެން އެތާންގެ ޕްރިންސް މުހައްމަދާއި ބައްދަލުކުރެއްވުމަށް ވަލީ އަހްދު އެދިަވަޑައިގެންނެވިކަމަށްވެސް ގާސިމްގެ ފޮތުގައިވެއެވެ. އަބޫދާބީ ޕްރިންސާއި ބައްދަލުކުރައްވާއިރު މަދުވެގެން ދެބިލިޔަނެއްހާ ޑޮލަރުގެ އެހީއަށް އެދިވަޑައިގަންނަވަން އެފަހަރުވެސް ސާލިހް އަރިހުގައި ޤާސިމް ދެންނެވިކަމަށާއި ޕްރިންސް މުހައްމަދާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދެކެވެމުންގޮސ،ް ރާއްޖެއިން އެހީ ބޭނުންވާވަރު ދެންނެވީމ،ާ އެ އެހީ ދެއްވާނެކަމަށް މުހައްމަދު ވިދާޅުވިކަންވެސް އެ ފޮތުގައި ވަނީ ފާހަގަކޮށްފައެވެ. 

0%
ކަމުގޮސްފި
44%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް