
މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ދެ މީހުން
މާރާމާރީ ހިންގި ގްރޫޕު ބަންދުކޮށްފި
އަހުމަދު ހަސަން
11 ފެބްރުއަރީ 2025 - 13:26:18
މާލޭގައި މާރާމާރީ ހިންގަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންނާއި ކުޑަ ކުއްޖާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
މާލޭގައި މާރާމާރީ ހިންގަން މަސައްކަތްކުރި މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، މއ.ރިހިވިލާ، 23 އަހަރުގެ އަހުމަދު މާނިއު، ގދ.ގައްދޫ، ފަނޑުނުވާގެ 18 އަހަރުގެ މުހައްމަދު އަޔާންގެ އިތުރުން އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.
މި ތިން މީހުންގެ ތެރެއިން މާނިއު އަދި އަޔާންގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، 17 އަހަރު ކުއްޖާގެ ބަންދަށް ކޯޓުން ޖެހީ ފަސް ދުވަހެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް