ads
ކްރިމިނަލް ކޯޓު ސަރަހައްދުގައި ފުލުހުން ކުރީ ދުވަހެއްގައި
ބަދިގޭގައި ހިންގި މާރާމާރީ: ނޭޕާލު މީހާ ވާނުވާ ބަންދަށް
މާލޭގެ ކެފޭ ތާސީރުގެ ބަދިގެ ތެރޭގައި ހިންގި މާރާމާރީގެ މައްސަލާގައި ހައްޔަރުކުރި ނޭޕާލް މީހާގެ ތަހުގީގު ނިމެންދެން ބަންދުކޮށްފިއެވެ.
Advertisement

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ނޭޕާލް މީހެކެވެ. އޭނާގެ ނަމަކީ، ސިއްދަރުތާ ގުރުންގެވެ.  ކަމަށެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެންމެ ފުރަތަމަ ފަސް ދުވަސް ޖެހިއެވެ. އެ މުއްދަތު ހަމަވެގެން އަލުން ކޯޓަށް ގެންދިޔުމުން މިއަދުވަނީ އޭނާ ތަހުގީގު ނިމެންދެން ބަންދަށްލާފައެވެ.  

މި މައްސަލައިގައި އަނިޔާ ލިބުނު ބަންގްލަދޭޝްގެ މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެވުނެވެ. ކުރިން އައިޖީއެމްއެޗުން ބުނެފައިވަނީ އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަކަމަށެވެ.

މި މާރާމާރީގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯތަކުން ކެފޭ ތެރޭގައި އެކަކު އަނެކަކަށް ހަމަލާދޭ މަންޒަރާއި، ޒަހަމްވެފައިވާ މީހެއްގެ އަތުގަޔާއި ގަމީހުގައި ލޭ ހުރި މަންޒަރު ފެނެއެވެ.

މިފަދަ މާރާމާރީތައް އިތުރުވަމުން އަންނާތީ، ބިދޭސީން ގިނައިން އެއްވާ ސަރަހައްދުތަކުގައި އިމިގްރޭޝަނުން ވަނީ ހާއްސަ މޮނިޓަރިން މަސައްކަތްތަކެއް ފަށައިފައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން އަންނަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް