ސެނަހިޔާ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލަދީ ސިފައިން ބުނީ މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ބިދޭސީ މީހާ އެތަނަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
އެމީހާ ފެނިފައި ވަނީ މިރޭ 20:31 ހާއިރު ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުން ދަނިކޮށް އަސަރީ ގޯޅި/ މަޖީދީމަގު ކަންމަތިންނެވެ.
ފުލުހުން ބުނީ މަގުމައްޗަށް ވެއްޓިފައި އޮތީ އުމުރުން 50 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. އޭނާ މަރުވާން ދިމާވި ސަބަބު އަދި ސާފެއް ނުވެ އެވެ.