ads
މީހެއްގެ ބޮލުގައި މަރުތޭލުން ޖަހާ ފިލިމީހާ އެއާޕޯޓުން ހައްޔަރުކޮށްގެން ގެންދަނީ
މީހެއްގެ ބޮލުގައި މަރުތޭލުން ޖަހާ ފިލިމީހާ އެއާޕޯޓުން ހައްޔަރުކޮށްފި
އައިޖީއެމްއެޗު ކައިރީގައި ހުރި މީހެއްގެ ބޮލުގައި މަރުތޭލަކުން ޒަހަމްކޮށްލުމަށްފަހި ފިލި މީހާ ރާއްޖެ އައުމުން އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.
Advertisement

މި މަހުގެ 4 ވަނަ ދުވަހުގެ ރޭ، އައިޖީއެމްއެޗު ކައިރީގައި ހުރި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހާފައިވަނީ ސައިކަލެއްގައި ދިޔަ ދެ މީހުންކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މީހާގެ ބޮލުގައި ޖެހީ ސައިކަލްގެ ފަހަތުގައި އިން މީހާކަމަށްވެއެވެ.

މީނާ ވަނީ އެ ހާދިސާއަށްފަހު ފިލައިގެން މެލޭޝިޔާއަށް ގޮސްފައެވެ. 

ފުލުހުން ބުނީ މިހާރު މާލޭގައި ހިންގަމުންދާ ސިލްސިލާ މާރާމާރީތަކުގައި ބައިވެރިވިކަމުގެ ތުހުމަތުކުރެވޭ އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށެވެ. އެ މީހަކީ ޏ. ފުވައްމުލަކު ދިގުވާނޑު، ބަނަފްސާގޭ އުމުރުން 31 އަހަރުގެ ހުސައިން އަރީޝްއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނަގާފައި ވަނިކޮށް އޭނާ ފުރައިގެން މެލޭޝިޔާއަށް ދިޔަކަމަށެވެ. އެހެންނަމަވެސް އެގައުމަށް އޭނާ ވަނުން ހުއްޓުވައި އެހެން ފްލައިޓެއްގައި ރާއްޖެ ގެނައުމަށް ފަހު ހައްޔަރުކުރީކަމަށް ފުލުހުން ބުނެއެވެ. 

ޑްރަގްގެ މައްސަލައިގައާއި ތޫނު ހަތިޔާރު ގެންގުޅުމުގެ އިތުރުން މިނޫންވެސް މައްސަލަތަކުގައި މީނާ 26 ފަހަރެއްގެ މަތީން ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. 

މި ހަމަލާގައި ޒަހަމްކޮށްލި މީހާއަށް އައިޖީއެމްޗްގައި ވަނީ ފަރުވާ ދީފައިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް