އީސީން މިއަދު ގެޒެޓު ކުރި އިސްލާހުގައިވާ ގޮތުން، އަލަށް އުފައްދާ ޕާޓީތަކަށް ބޭނުންވާ 3،000 މެންބަރުންނާއި މިހާރު ހިނގަމުންދާ ޕާޓީތަކަށް އިތުރުކުރާ މެންބަރުން ވެއްދޭނީ އީފާސް މެދުވެރިކޮށް "ސިމެދަ" ޕޯޓަލްއިން އެކަނި އެވެ. މި ބަދަލު ގެނައީ ފަހުން މި ދުވަސްތަކުގައި ވަގު ފޯމު މެދުވެރިކޮށް ޕާޓީތަކަށް މީހުން ވެއްދުމުގެ މައްސަލަތައް އިތުރުވެފައިވާތީ އެވެ.
އާ ގަވާއިދުގެ ދަށުން ޕާޓީއަކަށް މީހަކު ވެއްދުމަށްފަހު، އެ މީހާގެ މައްސަލައެއް އޮތްތޯ ބެލުމަށް އިއުލާނެއް ކުރަން ޖެހޭނެ އެވެ. އަދި ޕާޓީތަކުން އޮންލައިންކޮށް ހުށަހަޅާ ފޯމުތައް 10 އަހަރު ދުވަހުގެ މުއްދަތަށް ރައްކާކޮށް ބަލަހައްޓަން ޖެހޭނެ އެވެ.