
ބުރިޖުގައި ސައިކަލު ދުއްވަނީ
ބުރިޖުގައި ހިނގި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާވެއްޖެ
ގުފްތަގް އަޖީރު
13 ފެބްރުއަރީ 2025 - 16:52:42
ސިނަމާލެ ބުރިޖުގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ހެނދުނު 8 ޖަހާކަށްހާއިރުއެވެ.
ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް އަންނަ ފަޅީގައެވެ. އެކްސިޑެންޓް ހިނގާފައިވަނީ ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހުމުން، އޭގެ ފަހަތުން އައި އަނެއް ސައިކަލު ވެސް ޖެހިގެންނެވެ.
އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރެއިން ދެ މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި އެކްސިޑެންޓުގައި ހިމެނުނު އެންމެހާ އުޅަނދުތައް ދުއްވާފައިވަނީ އެކަމަށް ބޭނުންވާ ލައިސަންސް އޮންނަ މީހުންނެވެ.
ސިނަމާލެ ބުރިޖާއި ހައިވޭގައި މީގެ ކުރިން ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް