އެ އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ހައްޖު އަދި އުމްރާގެ އަޅުކަން އަދާކުރުމުގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުން އެތައް މިލިއަން މީހުން އެއްވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން ހައްޖު އަދި އުމްރާ ދަތުރުކުރާ ފަރާތްތައް ރައްކާތެރިކުރުމަށްޓަކައި އަދި އެ ފަރާތުން ރާއްޖެ އަނބުރާ އައުމުން ބަލި ފެތުރުން މަދުކުރުމަށްޓަކާއި ޖެހުމަށް ކަނޑައަޅާފއިވާ ވެކްސިންތަކާއި މިންގަޑުތައް އާއްމުކުރާކަމަށެވެ.
ހައްޖާއި އުމްރާއަށް މީހުން ގެންދާ ހުރިހާ ގްރޫޕްތަކުންނާއި ގްރޫޕެއް މެދުވެރި ނުވެ އަމިއްލައަށް އުމްރާއަށް ދާ ހުރިހާ މީހުންވެސް ވެކްސިންތައް ކަނޑައެޅިފައިވާ މުއްދަތުގައި ފުރިހަކަކޮށްފައިވާކަން ކަށަވަރުކުރަން ވާނެކަމަށްވެސް އެޗްޕީއޭގެ އިއުލާންގައިވެއެވެ.
ވެކްސިން ފުރިހަމަކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންކަން
އެޗްޕީއޭއިން ބުނީ ވެެކްސިން ޖެހުމުގެ މިންގަނޑުތަކަކީ އެއިރެއްގައި ބަލިތައް އުޅޭ މިންވަރާއ،ި ރާއްޖޭގައި ބަލިފެތުރުމުގެ ނުރައްކާ އޮތް މިންވަރަށް ބަލައި ތައްޔާރުކުރެވޭ މިންގަނޑުތަކެއްކަމަށެވެ. އަދި ވެކްސިން އުފެއްދުމުގައި އަންނަ ކުރިއެރުންތަކާއި ބައެއް ބަލިތައް ފެތުރޭ މިންވަރަށް އަންނަ ބަދަލުތަކަށް ބަލައި، ޖަހަންޖެހޭ ވެކްސިންގެ މިންގަނޑުތަކަށް ބަދަލުގެނެސް އެ މައުލޫމާތު އާންމު ކުރެވޭނެކަމުމަށް އެޗްޕީއޭގެ އިއުލާންގައިވެއެވެ.