ޒަކާތު ހައުސްއިން މިއަދުކުރި އިއުލާނުގައި ބުނީ މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 19،527.90ރ. ކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޒަކާތުގެ ނިސޯބުގެ ގޮތުގައި މިހައި ބޮޑު އަދަދެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.
ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިސޯބަށް ބަދަލު ގެނެއެވެ.
މިހާރު ބާޒާރުގައި ރިހީގެ އަގުހުރީ ގްރާމަކަށް 32.82 ރުފިޔާ އަދި ރަނުގެ އަގު ހުރީ ގްރާމަކަށް 2،149.39 ރުފިޔާއަށެވެ.
މުދަލު ޒަކާތުގެ ނިސޯބަކީ، މުދަލުގައި އެ މިންވަރެއް ހަމަވުމުން، އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. އެގޮތުން ނިސޯބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރެން ވާޖިބު ވާނެ އެވެ.