
މި މައްސަލައަކީ އޭނާ ބީއެމްއެލުން ނަގާފައިވާ 5 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ދަރަންޏެއް ހުކުމާއި އެއްގޮތަށް ދައްކަމުން ނުދާތީ އެ ބޭންކުން ހުކުމް ތަންފީޒުކޮށްދިނުމަށް އެދުމުން ސިވިލްކޯޓުން ނިންމާފައިވާ މައްސަލައެވެ.
މި މައްސަލާގައި ބީއެމްއެލުން ބުނީ އެ ބޭންކުން މުހައްމާ ނަގާފައިވާ ލޯނު ނުދައްކައިގެން މިމަހުގެ 4 ވަނދުވަހުގެ ނިޔަލަށް ދަރަނީގެ އައުޓްސްޓޭންޑިން 5،023،106.21 ރުފިޔާއަށް އަރާފައިވާކަމަށެވެ. އެހެންކަމުން އެ ފައިސާއާ އަރަމުންދާ އިންޓަރެސްޓާއި ޖޫރިމަނާގެ ފައިސާއާއެކު ދެއްކުމަށް އެންގުމަށް ބޭންކުން ވަނީ އެދިފައެވެ.
ބޭކުން އެދުނީ އެ ފައިސާ މަހުން މަހަށް ބަހާލައިގެން ކުރިއަށް އޮތް 11 އަހަރުދުވަހުގެ ތެރޭގައި މަހަކު 83،000 ރުފިޔާ އަށް ވުރެ މަދު ނޫން އަދަދެއް ދައްކައިގެން ދަރަނި ހަލާސް ކުރުމަށް ފުރުސަތ ދިނުމަށެވެ.
ސިވިލްކޯޓުން ވަނީ ބޭންކުން އެދުނު ގޮތަށް ހުކުމްކޮށްފައެވެ. ސިވިލްކޯޓުން ިއއްވި ހުކުމުގައި، ދަރަނި ދައްކާ ހަލާސްކުރުމަށް މުހަންމާއަށް ދިން ތާރީހަކީ މެއި 31، 2036ގެ ނިޔަލަށެވެ. އަދި ފައިސާ ނުދައްކާނަމަ، ދަރަނީގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ބޭންކަށް ސިވިލްކޯޓުގެ ހުކުމުގައި ވަނީ ދީފައެވެ.
މި ލޯން ނެގުމަށް މުހައްމާ ވަނީ ހ. ފުރާތު އޭ ކިޔާ ގޯތި ރަހުނުކޮށްފައެވެ. ސިވިލްކޯޓުގެ ހުކުމުގައި ވަނީ ހުކުމާއި އެއްގޮތަށް މުހަންމާ ފައިސާ ދައްކަމުން ނުދާނަމަ، އިތުރު އަޑުއެހުމަކާ ނުލައި އޭނާ ރަހުނު ކުރި ހ. ފުރާތު ވިއްކައިލުމުގެ ހުއްދަ ދިނުމުގެ ޝަރީއަތްތައް ކުރިއަށް ގެންދާނެކަމަށެވެ.