ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ގޭންގްތައް އުޅެނީ ތޫނު ހަތިޔާރާއެކު، އެންމެންނަށް ނުރައްކާ!
މާރާމާރީ ހިންގާ ގްރޫޕުތަކުން، ނުކުމެ އުޅެނީ ތޫނު ހަތިޔާރާއެކު ކަމަށާއި މީގެ ސަބަބުން މުޖުމަތަމުގެ ކޮންމެ މީހަކަށްވެސް ބޮޑު އަނިޔާއެއް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

މާރާމާރީ ހިންގާ ގްރޫޕުތަކުން، ނުކުމެ އުޅެނީ ތޫނު ހަތިޔާރާއެކު ކަމަށާއި މީގެ ސަބަބުން މުޖުމަތަމުގެ ކޮންމެ މީހަކަށްވެސް ބޮޑު އަނިޔާއެއް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ފުލުހުންގެ އައިއޯއެއް ބުނެފައިވަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ބަންދު މަޖިލީހުގަ އެވެ.

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ތިން މީހަކު ބުރާސްފަތި ދުވަހުވަނީ ހައްޔަރުކޮށްފަ އެވެ.

އޭގެ ތެރެއިން އެންމެ ބޮޑު މީހާކަމަށް ބެލެވޭ މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވެއެވެ. އެއީ، މަގުމަތީ ހުރި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހާ ޒަހަމްކޮށްލި ޏ. ފުވައްމުލަކު ދިގުވާނޑު، ބަނަފްސާގޭ އުމުރުން 31 އަހަރުގެ ހުސައިން އަރީޝްއެވެ. އޭނާގެ އިތުރުން އެހެން ދެ މީހަކަށް އިއްޔެ މުއްދަތު ޖެހިއިރު، އެކަކަށް ޖެހީ 10 ދުވަހެވެ. އަނެއް މީހާއަށް 15 ދުވަހެވެ.

ގަސްތުގައި މީހަކު މަރާލަން ގްރޫޕަކުން ރާވާކަން، ފުލުހުންގެ އިންޓެލިޖެންސްއަށް އެނގި، އެކަމާ ގުޅުން ހުރި މީހަކުވެސް މި ނިމުނު ހަފްތާގައި ހައްޔަރުކޮށްފައިވެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް