ads
މީހެއްގެ ބޮލުގައި މަރުތޭލަކުން ޖެހިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޏ. ފުވައްމުލަކު ދިގުވާނޑު، ބަނަފްސާގޭ އުމުރުން 31 އަހަރުގެ ހުސައިން އަރީޝްއެވެ.
މަރުތޭލައިން ހަމަލާދިން މީހާގެ ބަންދަށް އެންމެ 10 ދުވަސް
މަގުމަތީ ހުރި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހާ ޒަހަމްކޮށްލި މީހާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
Advertisement

މަގުމަތީ ހުރި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހާ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރު ކުރީ ޏ. ފުވައްމުލަކު ދިގުވާނޑު، ބަނަފްސާގޭ އުމުރުން 31 އަހަރުގެ ހުސައިން އަރީޝްއެވެ. އޭނާއަކީ މީގެ ކުރިން 26 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުންވަނީ ބުނެފަ އެވެ.

މި މަހުގެ 4 ވަނަ ދުވަހުގެ ރޭ، އައިޖީއެމްއެޗު ކައިރީގައި ހުރި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހާފައިވަނީ ސައިކަލެއްގައި ދިޔަ ދެ މީހުންކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މީހާގެ ބޮލުގައި ޖެހީ ސައިކަލްގެ ފަހަތުގައި އިން މީހާކަމަށްވެ އެވެ. އެއީ އަރީޝް އެވެ.

އޭނާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނަގާފައި ވަނިކޮށް އޭނާ ފިލައިގެން މެލޭޝިޔާއަށް ދިޔަކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އެގައުމަށް އޭނާ ވަނުން ހުއްޓުވައި އެހެން ފްލައިޓެއްގައި ރާއްޖެ ގެނައުމަށް ފަހު އެއާޕޯޓުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މީހަކީ ޑްރަގްގެ މައްސަލައިގައާއި ތޫނު ހަތިޔާރު ގެންގުޅުމުގެ އިތުރުން މިނޫންވެސް މައްސަލަތަކުގައި 26 ފަހަރެއްގެ މަތީން މީގެކުރިން ހައްޔަރު ކޮށްފައިވާ މީހެއްކަމަށް ފުލުހުން ބުނެ އެވެ.

މި މީހާގެ ކުށުގެ ރެކޯޑްތައް 

  • މާރާމާރީގެ 15 ރެކޯޑް
  • މަސްތުވާތަކެތީގެ ހަ ރެކޯޑް
  • މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ ތިން ރެކޯޑް
  • ތޫނު ހަތިޔާރު ގެންގުޅުމުގެ ދެ ރެކޯޑް

މި ހަމަލާގައި ޒަހަމްކޮށްލި މީހާއަށް އައިޖީއެމްޗްގައި ވަނީ ފަރުވާ ދީފައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް