ރައީސް އޮފީހުން ބުނީ މިދިޔަ ހުކުރު ދުވަހު ދިގުރަށުގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާގައި ބަންގްލަދޭޝްގެ ފަސް މީހަކު މަރުވުމާއި އިތުރު ދެ މީހަކަށް އަނިޔާވުމުން، ރައީސް މުއިއްޒު ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައިވާ ކަމަށެވެ.
ރައީސްގެ ސިޓީފުޅުގައި، މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، މި ހިތާމަވެރި ދަނޑިވަޅުގައި، ބޮޑުވަޒީރަށާއި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި ހާއްސަކޮށް މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހަމްދަރުދީ ފާޅުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދިވެހި މުޖުތަމަޢުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ ދައުރަކީ އަގުނުކުރެވޭ ދައުރެއްކަމަށާއި، މި ޙާދިސާގެ ސަބަބުން ލިބުނު ބޮޑު ގެއްލުމާއި ހިތާމައިގައި ދިވެހިން ހިއްސާވާކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން މި ހާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށާއި، މިފަދަ ހާދިސާތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1:57 ހާއިރު ހިނގި މި ހާދިސާގައި ހަތް މީހަކު ހަމަ އެ ރޭ ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ފަސް މީހަކު ހޮސްޕިޓަަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
އަނެއް ދެ މީހުން އިތުރު ފަރުވާއަށް މާލެ ގެނެސް ދަނީ ފަރުވާދެމުންނެވެ. މި ދެ މީހުންގެ ތެރެއިން އެކުގެ އުމުރަކީ 40 އަހަރެވެ. އަނެކަކުގެ އުމަރަކީ 27 އަހަރެވެ.
އައިޖީއެމްއެޗުން އިއްޔެ ބުނީ އެ ދެ މީހުންނަށް އަދިވެސް ފަރުވާދެމުންދަނީ ސީރިއަސް ހާލަތުގައި ވެންޓިލޭޓަރުގައި ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;