ads
ހަސަދަވެރި ނުވާށެވެ.
ހަސަދަވެރި ނުވާށެވެ.
ކީރިތި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީސް ފުޅު ކުރައްވަނީ ތިޔަބައިމީހުން ހުށިޔާރުވެ ތިބޭށެވެ. ތިޔަބައިމީހުން ހަސަދަވެރި ނުވާށެވެ. .
Advertisement

އާދެ ހަސަދަވެރިވުމަކީ އިސްލާމްދީނުގަ ﷲ އާއި އެކަލާގެ ރަސޫލާ ނަހީކުރައްވާފައިވާ ބޮޑު ފާފައެކެވެ. ހަސަދަވެރިވުމަކީ މިބިންމަތީ އެންމެ ފުރަތަމަ ލޭ އޮހޮރުވާލަށް ޖެހުނު ސަބަބު ކަމަށާއި ހަސަދަ ވެރިވުމަކީ ﷲ ސުބުހާނަހޫ ވަތައާލާގެ މަލާއިކަތުންނާ އެކު ދިރއުޅެމުންދިޔަ އިބިލީސް ޝައިތާނާކަށް ވެ ތާއަބަދަށް އޭނާ ނަރަކަވަންތަ ވެރިއަކަށް ބަދަލުވާން ޖެހުނު ސަބަބު ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ.

އެހެންވެ ކީރިތި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީސް އަޅުގަނޑުމެން މިއުންމަތުގެ މުސްލިމުންނަށް ނަސޭހަތް ދެއްވަމުން އެހަދީތް ފުޅު ކުރައްވަނީ ހަސަދަ ވެރި ނުވުމަށެވެ، ހަސަދަ ވެރި ކަމާ ދުރުހެލިވުމަށެވެ.

އާދެ ކީރިތި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީސް ކުރައްވަނީ ހަސަދަ ވެރިކަން ހެޔޮކަންތައް ތައް "ކާލާ" ކަމަށެވެ. އަޅުގަނޑުމެން ކެއްކުމަށްޓަކާ ދަރުގަނޑު ލާފަ އެއަލިފާނުގައި، އެދަރުގަނޑު އަދައިގެން ދާ ގޮތަށް ކަމަށް ހަދީސް ކުރެއްވި އެވެ. ދަންނަ އެވެ. 

ހަސަދަވެރިކަމުގެ ސަބަބުން އަޅުގަނޑުމެން ކުރާ ނަމާދުތަކާ ހިފާ ރޯދަޔާ ވާ އުމުރާޔާ، ދޭ ސަދަގާތާ މިފަދަ ހެޔޮ އަމަލުތަށް އަޅުގަނޑުމެން ކިބައިން ގެއްލި ނެތިގޮސް އެއްމެފަހުން ގިޔާމަތްދުވަހު އަޅުގަނޑުމެން އެބައެއް ދެކެ ހަސަދަވެރިވެ އެބަޔަކަށް ނަފުރަތު ކުރި މީހުންގެ ގޯސް އަމަލުތަށް އަޅުގަނޑުމެން ބޮލުއަޅައިގެން ނަރަކައަށް ވަންނަށް ޖެހޭ ހާލަތަށް އެބަދެ އެވެ. 

އެހެންވީމަ ހަސަދަ ވެރިކަމުން އަޅުގަނޑުމެން ރައްކާތެރިވެ ދުރުހެލިވާން އިލްމުވެރިން ނަސޭހަތްތެރިވެ އެވެ. އަޅުގަނޑުމެންގެ ހިތް އެހެން މުސްލިމުންނަށްޓަކާއި ސާފުކޮށް ހަސަދަވެރިކަމުން ސަލާމާތްވެފައިވާ ބަޔަކަށް ލައްވާށި. އާމީން

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;