ads
ފޮޓޯ: ޓޭސްޓިން ޓޭބަލް.ކޮމް
އެސްޓީއޯއިން ފިޔާ ކިލޯއެއްގެ އަގު 16 ރުފިޔާ އަށް
އެސްޓޯއޯއިން ބާޒާރަށް ނެރޭ ފިޔާ ކިލޯއެއްގެ އަގު އުޅެނީ 16 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
Advertisement

ރޯދަމަހާ ކައިރިކޮށް އެސްޓީއޯއިން ބާޒާރަށް ނެރޭ ފިޔާ ކިލޯއެއްގެ އަގު 16 ރުފިޔާގައި އުޅޭއިރު އެކުންފުނިން ފިޔާ ބަސްތާއެއް ވިއްކަނީ 350 ރުފިޔާ އަށެވެ. އަދި 10 ބަސްތާ ނުވަތަ އެއަށްވުރެ ގިނައިން ގަންނަނަމަ 1 ބަސްތާ ލިބޭނެ އަގަކީ 340 ރުފިޔާ ކަމަށް  އެސްޓީއޯއިން މައުލޫމާތުދެއެވެ.

ރޯދައާ ދިމާކޮށް އެސްޓޯއިން ފިޔާ ކިލޯއެއް 16 އަށް ލިބޭއިރު ބާޒާރުގައި މިވަގުތު ފިޔާ ކިލޯއެއް ގަންނަން ލިބެނީ  25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުއެވެ.

މި އަހަރުގެ ރޯދަ މަހަށް ހާއްސްކޮށްގެން އެސްޓީއޯ އިން ކާށި ޝިޕްމަންޓެއް ވެސް ވަނީ ރާއްޖެ އަށް ގެނެސްފައެވެ. އެސްޓީއޯއިން މި ކާށި ޝިޕްމަންޓް ގެނެސްފައިވަނީ އިންޑިއާއިންނެވެ. އެގޮތުން މިއަދުން ފެށިގެން 5 ރުފިޔާގެ ރޭޓުން އެސްޓީއޯއިން ކާށި ވިއްކާނެއެވެ.

ރޯދައަށް ހާއްސަކޮށްގެން އެސްޓީއޯ އިން މިހާރު ވަނީ ލުނބޯވެސް ރާއްޖެއަށް ގެނެސްފަ އެވެ. ލުނބޯވެސް މިއަދުން ފެށިގެން  އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކާނެއެވެ.

މީގެ އިތުރުން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފަ އެވެ. އޭގެތެރޭގައި ހިމެނެނީ:

  • އަސާސީ ކާބޯތަކެތި/ ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
  • ތާޒާ ތަރުކާރީ އަދި މޭވާ/ ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ
  • ޕްރޮސެސްޑް ކާނާ/ ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކެޓް ބީންސް، ގެރިކިރު ދަޅު
  • ކެއްކުމަށް ބޭނުންކުރާތަކެތި/ ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ

އެސްޓީއޯ އިން ބުނީ ރޯދަ މަހުގައި އަގުތައް މައްޗަށް ދިއުން ހުއްޓުވުމަށްޓަކައި، އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އޯޑަރުތައް ކުރިއާލާ ކުރެވިފައިވާ ކަމަށެވެ. މިގޮތުން ފުރަތަމަ ޝިޕްމެންޓް މި މަހުގެ ކުރީކޮޅު މާކެޓަށް ނެރެވޭނެ ކަމަށާއި އަދި އެއަށް ފަހުވެސް ގަވައިދުން އެހެނިހެން ޝިޕްމެންޓްތައް ގެނެވޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް