ads
ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލޭއްގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފި
ހުޅުމާލޭ ފޭސް 1 ގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
Advertisement

ހުޅުމާލޭ ފޭސް 1 ގައި ރޯވެފައިވަނީ ފަޅު ގޯއްޗެއްގައި ކަމަށް އެމްއެންޑިއެފް އިން ބުނެއެވެ.

އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔާ ސްޓޭޝަން އަށް މި ހާދިސާގެ މައުލޫމާތު މިއަދު 11:34 ހާއިރު ލިބުމާ އެކު ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން ފަޔާފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 11:40 ހާއިރު ކަމަށް އެމްއެންޑިއެފް އިން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ފޭސް 1 ގެ ލޮޓް ނަންބަރު 10063 އާއި ލޮޓް ނަންބަރު 10064 ދެމެދަށް ވާގޮތަށް އެ ސަރަހައްދުގައި ހުރި ލަކުޑި ފަދަ ކުނިތަކެއްގައި ކަމަށެވެ. އަދި ހާދިސާގައި އެއްވެސް މީހަކަށް ގެެއްލުން ނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް