ads
މިނިސްޓަރު ހަލީލް
ހަލީލްގެ ފުރަތަމަ ރަސްމީ ދަތުރު ލަންކާއަށް
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ފުރަތަމަ ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ސްރީ ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
Advertisement

މި ދަތުރުފުޅު މި ހަފްތާގެ ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށް ލަންކާގެ ނޫސްތަކުން މައުލޫމާތު ދީފައިވެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ހަލީލް، ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތާ ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން އެ ގައުމުގެ އެހެނިހެން އިސް ވެރިންނާވެސް ބައްދަލުކުރައްވާ، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ދަތުރުފުޅުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކާ ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ހާމަކޮށްފައިވެއެވެ. ނަމަވެސް މިނިސްޓަރު ހަލީލް ވަޑައިގަންނަވާނެ ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް