ads
ކުޑަގިރި. ކުޑަގިރި ފަޅުގައި ޑައިވިން ސައިޓެއް ހަދަނީ
ކުޑަގިރީ ފަޅަށްް ޑޯނިއާ މަތިންދާބޯޓުތަކެއް ފައްތާލަނީ
ކުޑަގިރީ ފަޅަށް މަތިންދާބޯޓުތަކެއް ފައްތާ ޑައިވް ސައިޓެއް ތަރައްޤިގުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

"ސީއެންއެމާއި" ވާހަކަ ދައްކަމުން އެޗްޑީސީން ބުނީ މި ސައިޓް ހެދުމުގައި މަސައްކަތް ކުރަނީ އެ ކޯޕަރޭޝަނާއި އެމްޓީސީސީއާ އެމްއެމްޕީއާރުސީ ގުޅިގެންނެވެ. 

ކުޑަގިރި ފަޅަށް ފައްތާލަން ނިންމާފއިވަނީ ކުރީގެ އެއާ މޯލްޑިވްސްގައި ބޭނުންކުރި ޑޯނިއާ ދެ މަތިންދާ ބޯޓްއެވެ. އެއީ އެ ކުންފުންޏަށް އެންމެ ފުރަތަމަ ގެނައި ބޯޓްތަކުން ދެ ބޯޓްއެވެ. 

މި ބޯޓްތައް ފެއްތުމަށް ބޭނުންވާ ސަރަހައްދު ތައްޔާރުކޮށް އެތަނަށް ބޯޓްތައް ފެއްތުމަށް ކުރަންޖެހޭ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ބޯޓް އަޑީގައި ބޭއްވުމަށް ހަދަންޖެހޭ ތަންތަން ހަދާ ބޯޓް ހަލާކުނުވެ އޮންނާނެ ގޮތަށް އެ ސަރަހައްދު ތައްޔާރުކޮށްފައި ވާކަމަށް އެޗްޑީސީން ބުނެއެވެ. 

މި މަސައްކަތަށް ބޭނުންވާ އީއިއޭ ރިޕޯޓް މިހާރރު ވަނީ ނިންމާފައެވެ. އެ ރިޕޯޓްގައި ވާ ގޮތުން މަތިންދާބޯޓް ފައްތާލަން ނިންމާފައިވާ ތަނަނަށް އެބޯޓް ގެންދިޔުމުގައި މީހަކަށް ޖިސްމާނީ ގެއްލުމެއް ލިބިދާނެކަމަށް ގަބޫލުކުރެވޭކަމަށެވެ. އެހެންކަމުން މި މަސައްކަތް ކުރާއިރު ސިއްހީ އަދި ޖިސްމާނީ ގޮތުން ކުރިމަތިވެދާނެ ގެއްލުމުގެ ނުރައްކާ ކުޑަކުރުމަށް ޒިންމާދާރު ފަރާތަކުން ބައިވެރިވެ ބައިވެރީންނަށް ރައްކާތެރިކަމާއެކު މަސައްކަތް ކުރުމުގެ އުސޫލުތައް ކިޔައިދީ ތަމްރީނުކުރަންޖެހޭކަމަށް އެރިޕޯޓްގައިވެއެވެ. 

your imageކުޑަގިރި ފަޅަށް ފައްތާ ބޯޓްތައް. މީ އެއާ މޯލްޑިވްސް އިން ކުރިން ބޭނުންކުރި މަތިންދާބޯޓްތައް 

މާލޭ ސަރަހައްދުގައި މީހުން ދަތުރު ދިޔުމަށް ބޭނުންކުރި ކުޑަބަނޑޮސް އަމިއްލަ ވިޔަފާރިއަކަށް ދޫކޮށްލުމުން މި ސަރަހައްދުގައި ޕިކިނިކް އައިލެންޑެއް ހަދާ ދިނުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދެކެވެ. އެ ވައުުދު ފުއްދެވީ މާލެ ކައިރީގައި އޮތް ކުޑަގިރި ފަޅުން 8 ހެކްޓަރު ބިން ހިއްކާ ރަށެއް ހަދައިގެންނެވެ. އަދި ރަށާއި އިންވެގެން 1.5 ހެކްޓަރުގެ ކުޑަ ފިނޮޅެއްވެސް ހެދިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް