
އެ އިދާރާއިން އާއްމުކޮށްފައިވާ ލިސްޓުގައި 21 ކުންފުޏެއްގެ ނަން އެބައޮތެވެ. މީރާއިން މި ފަރާތްތަކީ ޓެކްސް ދައްކަން ދިން މުއްދަތު ހަމަވުމުން އިތުރު ފުރުސަތި ދިނުމުންވެސް ޓެކްސް ނުދައްކާ ފަރާތްތައްކަމަށެވެ.
މީރާއިން ބުނީ މި ކުންފުނިތަކަށް ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދިންކަމަށެވެ. މީރާ އިން ބުނީ އެ އިދާރާއިން އާއްމުކުރި ލިސްޓްުގައި ހިމެނޭ ކުންފުނިތަކަކީ 50،000ރ އަށް ވުރެ މަތިން ޓެކްސް ދައްކަން ޖެހި، ނުދައްކާ ކުންފުނިތައްކަމަށެވެ.
މިދިޔަ މަހުގެ ދައުލަތުގެ އާމްދަނީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީން ވަނީ ބުނެފައެވެ.
މިރާ އިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާކިޔާއިރު 7.7 އިންސައްތަ ދަށް އަދަދެއްކަމަށެވެ. އެހެންނަމަވެސް މީ މި ޖެނުއަރީގައި ލިބޭނެކަމަށް އަންދާޒާ ކުރިވަރަށް ވުރެ 5 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް މީރާއިން ބުނެއެވެ.