ބީއެމްއެލްއިން ބުނީ މި ލިމިޓް ދޫކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމާ އެއްގޮތަށް ކަމަށެވެ. އަދި މި ލިމިޓް ބޭނުންކުރެވޭނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި ކަމަށާއި، ކޮންމެ ކަސްޓަމަރަކަށް ވެސް އެއް ޑެބިޓް ކާޑަށް ކަމަށް ބޭންކުން ބުންޏެވެ.
އުމްރާ ގްރޫޕްތަކާއެކު ދަތުރުކުރާ މީހުންނަށް މިކަން ފަހިކޮށްދިނުމަށް، އަމަލުކުރަންވީ ގޮތުގެ މައުލޫމާތު އެ ގްރޫޕްތަކާ ހިއްސާކޮށްފައިވާއިރު، ވަކިން ދަތުރުކުރާ މީހުން ފުރުމުގެ ފަސް ދުވަސް ކުރިން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓާއި ޓިކެޓް ކޮޕީ ފޮނުވަން ޖެހޭނެއެވެ.
މި އިތުރު ލިމިޓްގެ އިތުރުން، މިހާރުވެސް ޑެބިޓް ކާޑުތަކަށް މަހަކު ދޫކުރާ 250 ޑޮލަރުގެ ލިމިޓާއި، 500 ޑޮލަރު ގަތުމުގެ ފުރުސަތު ހުރިހާ އުމްރާވެރިންނަށްވެސް ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.