ads
އިލެކްޝަނަށް ކޮމިޝަނަށް ގެ ރައީސްކަމަށް ޒާހިދު ނައިބަކަށް ސަލާހް އައްޔަންކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައި
އީސީގެ ރައީސްކަމަށް ޒާހިދު، ނައިބަކަށް ސަލާހް، މަޖިލީހުން ރުހުންދީފި
އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް އެކޮމިޝަންގެ މެމްބަރު މުހައްމަދު ޒާހިދު އަދި ނައިބުކަމަށް އަބްދުއްރަޙްމާން ސަލާހް ރަޝީދު އައްޔަންކުރުމަށް ރައްޔިތުން މަޖލީހުން ރުހުން ދީދިއެވެ.
Advertisement

އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އެންމެ ފަހުން ގެނައި ބަދަލާއި އެކު އެ ކޮމިޝަންތަކުގެ ރައީސް އަދި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު އޮންނާނީ ރައީސް އަށް ދީފައެވެ. އެ ބަދަލާއި އެކު ކޮމިޝަންތަކުގެ ރައީސް އާއި ނައިބު ރައީސް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު ކޮމިޝަން މެމްބަރުންގެ ތެރެއިން މެމްބަރެއްގެ ނަން ރައީސް މަޖިލިހަށް ފޮނުވަންޖެހެއެވެ. އަދި އެ މަގާމަށް އައްޔަންކުރާނީ ރައީސް ފޮނުވާ ނަން މަޖިލީހުން ފާސްކުރުމުންނެވެ. 

އީސީގެ ރައީސްކަމށް ޒާހިރި އަދި ނައިބު ރައީސްކަމަށް ސަލާހް އައްޔަންކުރަން މަޖިލީހުގެ ރުހުމަށް ރައީސް ޑރ. މުއިއްޒު ފޮނުއްވީ މިމަހުގެ 10 ވަނދުވަހުއެވެ. ޒަހީދާއި ސަލާހް  އެ މަގާމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ ވޯޓްގައި ބައިވެރި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. 

އެޗްއާރުސީއެމްގެ ކުރީގެ މެމްބަރުކަން ކުރެއްވި މުހައްމަދު ޒާހިދާއި ހޯމް މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އަބްދުރަހުމާން ސަލާހު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކުރެއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް