
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓުގެ އޮންލައިން ޝަރީއަތްތައް ހުއްޓިއްޖެ
ގުފްތަގް އަޖީރު
17 ފެބްރުއަރީ 2025 - 14:06:35
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ސާވާއަށް މައްސަލައެއް ދިމާވުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ އޮންލައިން ޝަރީއަތްތައް ހުއްޓިއްޖެއެވެ.
ރިމިނަލް ކޯޓުން މިއަދު ބުނީ މި މައްސަލަ ދިމާވެފައިވަނީ ހޮނިހިރު ދުވަހުން ފެށިގެންނެވެ. އޭގެ ސަބަބުން އިންޓަނެޓާއި ނެޓްވޯކް އަދި ފޯނު ލައިންތައް ވަނީ ކެނޑިފައެވެ. މިހާރު ކްރިމިނަލް ކޯޓުގެ 80 ޕަސަންޓް މައްސަލަތައް ބަލަމުން އައީ އޮންލައިންކޮށެވެ.
ކޯޓުން އިތުރަށް ބުނީ މިހާރު ކުރިއަށް ގެންދެވެނީ ހަމައެކަނި މީހުން ހާޒިރުކޮށްގެން ހިންގޭ ޝަރީއަތްތަކެވެ. މީގެ ތެރޭގައި ބަންދު މަޖިލިސްތައް ވެސް ހިމެނެއެވެ. އާންމުކޮށް ބަންދު މަޖިލިސްތައް ވެސް ބާއްވަމުން އައީ އޮންލައިންކޮށެވެ.
ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެފައިވުމާ ގުޅިގެން އެތަނުގެ ބައެއް ބޭނުންކުރުން ވަނީ ހުއްޓާލަން ޖެހިފައެވެ. އެހެންކަމުން ކޯޓުގެ މަސައްކަތްތައް ހުޅުމާލޭގައި ހުރި ކުރީގެ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް