ads
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
ފޮރިން މިނިސްޓަރު ތިން ދުވަހުގެ ދަތުރެއްގައި ލަންކާއަށް
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވަނީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފިއެވެ.
Advertisement

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅަކީ ލަންކާގެ ފޮރިން އެފެއާޒް، އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު އެޗް އެމް ވިޖިތާ ހެރަތުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ޑރ. ހަލީލްގެ މި ދަތުރުފުޅުގައި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކައާއި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމުގެ ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވާނެ އެވެ.

ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި އެ މިނިސްޓްރީގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުﷲ ދީދީ ބައިވެރިވެވަޑައިގަންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް