ads
މިފްކޯ
މިފްކޯގެ ޖެނެރަލް މޭނޭޖަރުންތަކެއް މަގާމުން ވަކިކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން، މިފްކޯގެ އިސްވެރިންތަކެއް މަގާމުން ވަކިކޮށްފިއެވެ.
Advertisement

މިފްކޯއިން ބުނީ މަގާމުން ވަކިކޮށްފައިވަނީ އެ ކުންފުނީގައި މަސައްކަތް ކުރަމުންދިޔަ ތިން ޖެނެރަލް މެނޭޖަރުން ކަމަށެވެ.

އެ ކުންފުނިން ބުނީ މީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރީފޯމް އެޖެންޑާގެ ދަށުން ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ފަށާފައިވާ އިސްލާހީ އެޖެންޑާ ދަށުން ކުރިކަމެއް ކަމަށެވެ. އަދި މަގާމުން ވަކިކުރި މުވައްޒަފުން މަގާމުން ވަކިކުރީ ޕާފޯމަންސް ރިވިއުކުރުމަށް ފަހުކަމަށްވެސް މިފްކޯއިން ބުނެއެވެ. 

މިފްކޯއިން ބުނީ އެ ކުންފުނިން އިސްލާހީ މަސައްކަތްތައް ފެށީ މިދިޔަ އަހަރު ކަމަށާއި މަގުސަދަކީ ޒިންމާދާރުކަން ކަށަވަރުކުރުމާއި ހިންގުން ހަރުދަނާކުރުން ކަމަށެވެ.

ފައިދާ ނުވާ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އަންނަ މިފްކޯގެ ކަންކަން އިސްލާހުކުރުމަށް އެ ކުންފުނީގެ ސީއީއޯ އަށް ބޭރު މީހަކު ވަނީ ހަމަޖައްސާފައެވެ.އެ މަގާމަށް އައްޔަންކުރީ ޔޫކްރޭންގެ ރައްޔިތެއް ކަމުގައިވާ ޑރ. ވިޓާލީ ލުބިމޮޕްއެވެ. 

ޑރ. ވިޓާލީ އަކީ ސްޓްރެޓީޖިކް ކްރައިސިސް މެނޭޖްމެންޓުގެ ދާއިރާގެ ސްޕެޝަލިސްޓެކެވެ. އޭނާ ވަނީ އެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވި ގޮތުގައި މިފްކޯއަށް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ސީއީއޯއަކު ހޯދަނީ އެ ކުންފުންޏަކީ ކޮރަޕްޝަނާ ދުރު ކުންފުންޏަކަށް ހެދުމަށެވެ.

ސަރުކާރުގެ މަސް ކުންފުނި ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް (އެފްޕީއައިޑީ) ހިޔާނާތުގެ މައްސަލަ އަށް ފަހު، މިފްކޯ އުފެއްދީ 1993 ގަ އެވެ.

 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް