
ރައީސް ޑރ. މުހައްމަދު، އީސީގެ ރައީސްކަމަށް އައްޔަންކުރެއްވީ މުހައްމަދު ޒާހިދު އެވެ. ނައިބުކަމަށް އައްޔަންކުރައްވާފައިވަނީ އަބްދުއްރަޙްމާން ސަލާހް ރަޝީދު އެވެ.
އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް ގެނައި އިސްލާހާ އެއްގޮތަށް، އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު މިހާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް މި މަގާމުތަކަށް މީހުން އައްޔަންކުރެވޭނީ މަޖިލީހުގެ ރުހުން ލިބުމުންނެވެ.
އީސީގެ ރައީސްކަމަށް ޒާހިރި އަދި ނައިބު ރައީސްކަމަށް ސަލާހް އައްޔަންކުރަން މަޖިލީހުގެ ރުހުމަށް ރައީސް ޑރ. މުއިއްޒު ފޮނުއްވީ މިމަހުގެ 10 ވަނދުވަހުއެވެ. ޒަހީދާއި ސަލާހް އެ މަގާމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ ވޯޓްގައި ބައިވެރި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
އެޗްއާރުސީއެމްގެ ކުރީގެ މެމްބަރުކަން ކުރެއްވި މުހައްމަދު ޒާހިދާއި ހޯމް މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އަބްދުރަހުމާން ސަލާހު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކުރެއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.