
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިންގިލީގެ ނިޝާން ނެގުމަށް "ކުރަނގި" ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް އަންނަނީ ހިންގަމުންނެވެ.
ހޯމް ލޭންްޑް މިނިސްޓްރީން ބުނީ މާލެ ސަރައްހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި ވަޒީފާއަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ނިންމަން ޖެހޭނެކަަމަށެވެ. އަދި މި މަސައްކަތް ކުރިޔަށް ގެންދަންވާނީ ވަޒީފާދޭ ފަރާތުން ކައުންސިލްތަކާއި ގުޅިގެންކަމަށްވެސް ހޯމް ލޭންޑް މިނިސްޓްރީންް ބުނެއެވެ.
މީގެ އިތުރރުން ރިޒޯޓްތަކާއި ސަފާރީތަކާއި ، ދަނޑުވެރިކަން ކުރުމަށް ޚާއްސަކޮށް ދޫކޮށްފައިވާ ރަށްރަށުގައާއި ، އަދި އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް މިއަހަރުގެ އޭޕްރިލް މަހުގެ 15ގެ ކުރިން ނިންމުމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ. އެ ތަންތަނުން އެ މަސައްކަތް ކުރާނީ އެން.ސީ.އައި.ޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރު ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާއި އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާއި ގުޅިގެންކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
"ކުރަނގި" އޮޕަރޭޝަންގެ ދަށުން މިދިޔަ މަހުގެ 18 ވަނދުވަހުގެ ނިޔަލަށް 25483 ބިދޭސީންގެ ބަޔާމެޓްރިކް ޑޭޓާ ނަގާފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެެއެވެ.
ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.